Last Updated: June 9, 10:24
Tuesday, June 9, 2026
ސިޔާސީ

"އިގުތިސާދީ މެނިފެސްޓޯ އޮތީ ގާސިމްގެ އަތުގައި"

ދިވެހިން އެދޭ ފަދަ އިގުތިސޯދީ ތަރައްގީގެ ޕްލޭނެެއް އޮތީ ޖުމްހޫރީ ގުޅުމުގެ މެނިފެސްޓޯގައި ކަމަށާއި ރިޔާސީ އެހެން ކެންޑިޑޭޓެއްގެ އިގްތިސާދީ ސިޔާސަތެއް ނެތް ކަމަށް ގާސިމް އިބްރާހިމްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

ޑރ. ހަސަން ވިދާޅުވީ އިގުތިސާދީ މައްސަލަތަކަށް ހައްލު ހޯދާނެ ވަރަށް ފުރިހަމަ މެނިފެސްޓޯއެއް ޖުމްހޫރީ ގުޅުމުގައި އެބައޮތް ކަމަށެވެ.
އަދި ޖުމްހޫރީ ގުޅުމުގެ މައިގަނޑު އަމާޒަކީ ރައްޔިތުން އެދޭ ގޮތަށް ގައުމު ތަރައްގީކޮށް ރާއްޖެއަށް ދިމާވެފައިވާ އިގުތިސާދީ މައްސަލަތަކަށް ހައްލު ހޯދައި ދިނުން ކަމަށެވެ.

އޭނާ ވިދާޅުވީ އިގްތިސާދީ މައްސަލަތައް ހައްލު ކުރަން އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން ވަޒީފާ ނެން 40،000 އަށް ވުރެ ގިނަ މީހުނަށްޓަކައި 650،000 ވަޒީފާ އަލަށް އުފައްދާނެ ކަމަށެވެ.
އަދި އެ ވަޒީފާތައް އުފެއްދުމަށް ޓޫރިޒަމާއި މަސްވެރިކަމުގެ އިތުރުން ޓްރާންޝިޕްމަންޓް ބަނދަރުތައް ގާއިމްކޮށް އިތުރު ސިނާއަތްތައް އުފައްދާނެ ކަމަށް ވެސް ޑރ. ހަސަން ވިދާޅުވި އެވެ.

އޭނާ އަދި ވިދާޅުވީ ރާއްޖޭގައި މެރިޓައިމް އެކަޑަމީއެއް ޤާއިމްކޮށް މެދު ފަންތީގެ ވިޔަފާރި ކުރިއެރުވުމުގެ ހަރުފަތެއް ހުޅުވާލާނެ ކަމަށެވެ.

ޑރ. ހަސަން ވިދާޅުވީ ގިނަ ރަށްތަކެއްގައި މީހުން ދިރި އުޅޭގޮތަށް ރާއްޖެ ބެހިފައި އޮތުމަކީ ތަރައްގީއަށް އޮތް ހުރަހެއް ކަމަށް ވިޔަސް ނިމިގެން ދިޔަ ދެ ސަރުކާރަށާއި މިހާރު އޮތް ސަރުކާރަށް ރާއްޖެ ތަރައްގީ ކުރުމުގެ ޕްލޭނެއް ގާމްނު ކުރެވުނީ ސިޔާސަތެއް ނެތުމުން ކަމަށެވެ.

ނަމަވެސް ގާސިމްގެ ވެރިކަމެއް އަތުވެއްޖެ ނަމަ ރާއްޖޭގެ ތިން ސަރަހައްދެއް ތަރައްގީކޮށް އެއިން ކޮންމެ ސިޓީއަކީ އެތައް ލައްކަ ބަޔަކު ދިރިއުޅޭ ތަނަކަށް ހަދައި ވެރިރަށް މާލެ އާއި މާލެ ހިމެނޭ ސަރަހައްދު ފުރިހަމައަށް ތަރައްގީ ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.