Last Updated: June 9, 10:37
Tuesday, June 9, 2026
ސިޔާސީ

ނަޝީދު 27 ގައި އައްޑު އަށް

އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މިހާރު ކެމްޕޭން ކުރެއްވުމަށް ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުގައި މި މަހުގެ 27 ވަނަ ދުވަހު އައްޑު އަށް ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ބުނީ ނަޝީދު މިއަދު ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ތ. އަތޮޅަށް ކަމަށެވެ.

އެގޮތުން ވިލުފުށި، ގާދިއްފުށި، ހިރިލަންދޫ، ކިނބިދޫ އަދި ތިމަރަފުށްޓައް "ރައީސް ނަޝީދާ އެކު އެއްބުރުން" ޓީމް ވަޑައިގަންނަވާނެ އެވެ. އަދި މާދަމާ ކެމްޕެއިން ޓީމުން ހަރަކާތްތެރިވަމުން ދާނީ ލ. އަތޮޅުގަ އެވެ.

އެ އަތޮޅުން ވަޑައިގަތުމަށް ހަމަޖެހިފައިވާ ރަށްތަކަކީ މާވަށް، އިސްދޫ ކަޅައިދޫ، ގަން އަދި ފުނަދޫއެވެ. އަދި ހޮނިހިރު ދުވަހު ވަޑައިގަންނަވާނީ ގއ. އަތޮޅަށެވެ.

އެ އަތޮޅުން ނިލަންދޫ، މާމެންދޫ، ވިލިނގިލި އަދި ދާންދޫގައި ހަރަކާތްތެރިވުމަށް ހަމަޖެހިފައިވެ އެވެ. އާދީއްތަ ދުވަހު ކެމްޕޭން ޓީމް ވަަޑައިގަތުމަށް ހަމަޖެހިފައި ވަނީ ގދ. އަތޮޅަށެވެ. އެގޮތުން އެ އަތޮޅު ގައްދޫ، މަޑަވެލި، ތިނަދު އަށް ޓީމް ވަޑައިގަންނަވާނެ އެވެ. 26

އަދި 26 ވަނަ ދުވަހު ފުވައްމުލަކަށް ވަޑައިގަތުމަށް ފަހު 27 ގައި ކެމްޕޭން ކުރާނީ އައްޑޫގަ އެވެ.

ނަޝީދަށް ތާއީދު ހޯދުމަށް ކުރާ މި ދަތުރުގައި ތޮއްޑޫ ދާއިރާގެ މެންބަރު އަލީ ވަހީދާއެކު ދެން ބައިވެރިވަޑައިގަންނަ ވަނީ މިލަންދޫ ދާއިރާގެ މެންބަރު އަލީ ރިޒާ، މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު، ހިތަދޫ މެދު ދާއިރާގެ މެންބަރު މުހަންމަދު ރަޝީދު، ޕާޓީގެ ގައުމީ މަޖިލީހުގެ މެންބަރު ހަސަން ޝުޖާއު އެވެ.

މީގެ އިތުރުން ރާއްޖޭގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިން ކަމުގައިވާ މުޚުތާރު ނަސީރު (ޓޫކިލޯ)، އަސްއަދު އަލީ (އަޑުބަރޭ) އަދި ސައްޕެ މި ދަތުރުގައި ބައިވެރިވެ އެވެ.