Last Updated: May 5, 21:07
Monday, May 5, 2025
ޚަބަރު

ޑްރަގާ އެކު ހުޅުމީދޫން މީހަކު ހައްޔަރުކޮށްފި

ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ފަސް ރަބަރު ޕެކެޓާ އެކު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 25 އަހަރުގެ މީހެކެވެ. އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ މަސްތުވާތަކެތި ބޭނުން ކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނުގައި މި މަހުގެ 21 ވަނަ ދުވަހުގެރޭ 21:55 އެހާކަށްހާ އިރު އެވެ.

މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ފަސް ރަބަރު ޕެކެޓް ފެނިފައި ވަނީ މީނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލައި ފާސް ކުރުމުން އޭނާގެ އަތުންނެވެ.

މި މައްސަލަ ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން އަންނަނީ ތަހުޤީޤް ކުރަމުންނެވެ.