Last Updated: June 9, 10:38
Tuesday, June 9, 2026
ޚަބަރު

އައްޑޫގެ ފުލުހުންނާއި ސިފައިން މަޝްވަރާކޮށްފި

ސައުތު ޕޮލިސް ޑިވިޝަނުގެ ފަރާތުން އެމްއެންޑީއެފް ސަދަން އޭރިއާގެ ސީނިއަ އޮފިސަރުންނާ ބައްދަލު ކުރައްވައިފި އެވެ.

މި ބައްދަލުވުމުގައި ސައުތު ޕޮލިސް ޑިވިޝަނުގެ ކޮމާންޑަރު ޗީފް އިންސްޕެކްޓަރު އޮފް ޕޮލިސް އަޙްމަދު ޝިފާން، އައްޑޫ ސިޓީގެ އެކްޓިން ކޮމާންޑަރު ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރު މުޙައްމަދު ޙަސަން، އަދި އައްޑޫ ސިޓީ ޕޮލިސްގެ ސީނިއަ އިންވެސްޓިގޭޝަން އޮފިސަރު ޕޮލިސް ސްޓާފް ސާޖަންޓް އިބްރާހީމް ނަޢީމް ބައިވެރިވެ ވަޑައިގެންނެވި އެވެ.

އެމްއެންޑީއެފްގެ ފަރާތުން ސަދަން އޭރިއަ ގެ ކޮމާންޑަރު ކާނަލް ވައިސް ވަޙީދުގެ އިތުރުން އެމްއެންޑީއެފްގެ ބައެއް ސީނިއަ އޮފިސަރުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ

މި ބައްދަލުވުމަކީ އަންނަ މަހުގެ ހަތް ވަނަ ދުވަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބްގެ އެންމެހައި ކަންތައްތައް އަމާން އޮމާންކަމާ އެކު ކުރިއަށް ގެންދިއުމައްޓަކައި، އިންތިޚާބުގެ ސެކިއުރިޓީއާ ގުޅުން ހުރި މުހިންމު ކަންތައްތަކާ މެދު މަޝްވަރާ ކުރުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ޑިވިޝަން ކޮމާންޑަރު ދެއްކެވި ވާހަކަ ފުޅުގައި ކުރިއަށް އޮތް ރިޔާސީ އިންތިޙާބަކީ އަމާން އިންތިޚާބަކަށް ހެދުމަށްޓަކައި ޤާނޫނު ނަގަހައްޓައި ޤާނޫނީ އިމުގެ ތެރެއިން ކުރަން ޖެހޭ ހުރިހައި މަސައްކަތެއް ކުރައްވާނެ ކަމަށާއި، ޖިނާއީ އެއްވެސް ކުށެއް ހިންގުމަށް އެއްވެސް ބަޔަކަށް ފުރުޞަތެއް ނުދެއްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ސަދަން އޭރިއާގެ ކޮމާންޑަރި ކާނަލް ވައިސް ވަޙީދުގެ ވާހަކަފުޅުގައި ފުލުހުން ސިފައިންގެ އެހީތެރިކަން ބޭނުން ވެއްޖެ ކޮންމެ ހިނދެއްގައި ފުލުހުންނަށް ފުރިހަމައަށް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވި އެވެ.