Last Updated: May 5, 10:33
Monday, May 5, 2025
ޚަބަރު

ވެލާނާ އެއާޕޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިނުހު މީހާ މަރުވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ރަންވޭ - ފޮޓޯ: ޓްވިޓާ (ވީއައިއޭ)

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު މީހާ މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައި ވަނީ މި މަހުގެ 10ވަނަ ދުވަހުގެ އިރުއޮއްސި 18:15 ހާއިރުގައެވެ. އަލިފާން ރޯވެފައި ވަނީ ވީއައިއޭގެ ސީޕްލޭން އޮޕަރޭޓްކުރާ ސަރަހައްދުގައި ހުރި ތެޔޮ ރައްކާކުރާ ތާނގީތައް ކައިރީގައެވެ.

ނަމަވެސް އަލިފާންގަނޑު ރޯވިތާ މާގިނަ އިރުތަކެއް ނުވަނީސް އެއާޕޯޓުގެ ފަޔާ ފައިޓަރުން ވަނީ އަލިފާންގަނޑު ނިއްވާލާފައެވެ.

ހާދިސާގައި ފިހުނު މީހާ މަރުވެފައި ވަނީ ލިބުނު ޒަހަމްތަކަށް އައިޖީއެމްއެޗުގައި ފަރުވާ ހޯދަމުން ދަނިކޮށެވެ.