Last Updated: May 5, 10:18
Monday, May 5, 2025
ޚަބަރު

ރިލްވާނާއި ޔާމީނުގެ އާއިލާއިން ޖަމިއްޔާއެއް ރަޖިސްޓްރީ ކޮށްފި

މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާނާއި މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ އާއިލާއިން ޖަމިއްޔާއެއް ރަޖިސްޓްރީ ކޮށްފިއެވެ.

މިޖަމިއްޔާގެ ނަމަކީ، އެސޯސިއޭޝަން ފޯރ ޑިމޮކްރަސީ އިން ދަ މޯލްޑިވްސްއެވެ. މި ޖަމިއްޔާ ރަޖިސްޓްރީ ކޮށްދީފައި ވަނީ މިއަދުގެ ވަގުތެއްގައެވެ. ޖަމއިްޔާ ރަޖިސްޓްރީ ކޮށްދިނުމަށްފަހު ލިޔުން ހަވާލު ކޮށްދެއްވީ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުއެވެ.

އެ ޖަމިއްޔާ ރަޖިސްޓްރީ ކޮށްދިން ކަމުގެ ލިޔުމާއި ޖަމިއްޔާގެ ފަރާތުން ހަވާލުވީ ރިލްވާންގެ ދައްތަ ފާތިމަތު ޝެހެނާޒުއެވެ.

ޖަމިއްޔާ އުފެއްދުމުގެ ބޭނުމަކީ، ރިޟުވާނާއި ޔާމީން އަދި އެނޫންވެސް އިންސާފު ނުލިބިފައިވާ ފަރާތްތަކުގެ ހައްޤުގައި އަޑު އުފުލުމާއި ރާއްޖޭގެ ޑިމޮކްރަސީ އާއި އިންސާނީ ހައްޤުތަކަށް މަސައްކަތް ކުރުން ކަމަށް ކަމަށް އެ ޖަމިއްޔާގެ އެއް މުއައްސިސް ރިލްވާންގެ ދައްތަ ޝެހެނާޒު ވަނީ ބުނެފައެވެ.