3-0 އިން ރެޑްބުލް ލީޕްޒިގްގެ މައްޗަށް ކުރި ހޯދައި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ފުރަތަމަ ފަހަރަށް ޕީއެސްޖީ ދަތުރުކޮށްފިއެވެ.
ޕީއެސްޖީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފުރަތަމަ ގޯލު އެޓީމުން ކާމިޔާބުކުރީ މެޗުގެ 13 ވަނަ މިނެޓްގައެވެ. ޑިމަރިޔާނަގައިދިން ކޯނަރަކުން މި ގޯލު ޕީއެސްޖީ އަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު މާކިއުނޯސް އެވެ.
ނަތީޖާ އެއްވަރުކޮށްލަން ލީޕްޒިގްގެ ޕޯލްސަން އަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވިއިރު، ފުރަތަމަ ހާފް ނިމެން ތިން މިނެޓަށް ވެފައިވަނިކޮށް ނޭމާ ދިން ޕާހަކުން ޑިމަރިޔާ ވަނީ އެޓީމުގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. އަދި މެޗުގެ 56 ވަނަ މިނެޓްގައި ހުއާން ބާނެޓް ވަނީ ޕީއެސްޖީގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމުގެ ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.
މި ގޯލަށްފަހު ވެސް ދެވަނަ ހާފްގައި ޕީއެސްޖީ އަށް ވަނީ ގޯލްޖަހާނެ ރަނގަޅު ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
މިއީ މި މުބާރާތުގެ ފައިނަލަށް ޕީއެސްޖީ ދަތުރުކުރިއިރު ފުރަތަމަ ފަހަރު ކަމަށްވާއިރު، ފައިނަލްގައި އެޓީމު ބައްދަލުކުރާނީ ބަޔާން އާއި ލިޔޯން ބައްދަލުކުރާ މެޗުން މޮޅުވާ ޓީމަކާއެވެ.
މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ އާދީއްތަ ދުވަހުއެވެ.