Last Updated: May 5, 06:39
Monday, May 5, 2025
ޚަބަރު

އެއާ އިންޑިއާގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް ފަށަނީ

އަވަށްޓެރި އިންޑިއާގެ ގައުމީ އެއާލައިން "އެއާ އިންޑިއާ"ގެ ޝެޑިއުލް ދަތުރުތައް ރާއްޖެއަށް އަންނަ ހުކުރު ދުވަހު ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެއާ އިންޑިއާގެ ރާއްޖޭގެ ޕެސެންޖާ ސޭލްސް އެޖެންޓް ވިލާ ޓްރެވަލްސް އިން ބުނީ އެއާ އިންޑިއާގެ ޝެޑިއުލް ފްލައިޓްތައް ހަފުތާއަކު ދެ ފްލައިޓް މާލެ އިން ޓްރިވެންޑަމްއަށް ދަތުރު ކުރާނެ ކަމަށެވެ.

ޓްރިވެންޑްރަމްގެ އިތުރުން އިންޑިއާގެ ވެރިރަށް ނިއުދިއްލީ އަށް ވެސް ދަތުރުކުރާނެ ކަމަށް ވިލާ ޓްރެވަލްސް އިން ބުންޏެވެ. ދަތުރުތައް ކުރާނީ
ކޮންމެ ހަފުތާއެއްގެ އަންގާރަ ދުވަހާއި ހުކުރު ދުވަހުއެވެ.

އިންޑިއާ އަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތް ކުރާ ގައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ގައުމެވެ. މިދިޔަ އަހަރު އެކަނިވެސް 80،000 ފަތުރުވެރިން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.