Last Updated: May 5, 06:39
Monday, May 5, 2025
ޚަބަރު

މިއަދުވެސް 146 މީހަކު ރާއްޖެއިން ޕޮޒިޓިވްވެއްޖެ

ރާއްޖެއިން މިއަދު ކޮވިޑް19 އަށް 146 މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ހިމެނެނީ 117 ދިވެހިންނާއި ބަންގްލަދޭޝް 21 މީހަކާއި އިންޑިއާ 2 މީހުންގެ އިތުރުން ލަންކާ ފަސް މީހަކާއި ފިލިޕީންސް ރައްޔިތެކެވެ.

ރާއްޖެއިން ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދު ވަނީ 6,225 މީހުންނެވެ. މިބައްޔަށް މިހާތަނަށް 2،413 މީހަކު ފަރުވާ ހޯދަމުން އަންނައިރު 3،788 މީހަކު މި ބަލިން ވަނީ ރަނގަޅުވެފައެވެ. އެގޮތުން މިއަދު ވެސް 140 މީހަކު ވަނީ ބަލިން ރަނގަޅުވެފައެވެ.

މި ބަލީގައި މިހާތަނަށް 24 މީހަކު ވަނީ މަރުވެފައެވެ.