ވިލާ ފައުންޑޭޝަނުން އައްޑޫގެ ސްކޫލްތަކަށް ގިނަ އަދަދެއްގެ ސާމާން ހަދިޔާކޮށްފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ވިލާ ފައުންޑޭޝަނުން ސްކޫލް ތަކަށް ހަދިޔާކޮށްފައި ވަނީ އެލްސީޑީ ޓީވީ ތަކާއި ލެޕްޓޮޕްގެ އިތުރުން ސްމާޓް ބޯޑާއި އޭސީތަކެވެ.
އައްޑޫ ހައި ސްކޫލްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ސްކޫލްގެ ދަރިވަނުންނާއި މެނޭޖްމަންޓުން މިދިޔަ ފެބްރުއަރީ މަހު ވިލާ ފައުންޑޭޝަންގެ ޗެއާމަން ގާސިމް އިބްރާހިމް އާ ބައްދަލުކޮށް ސްކޫލަށް ބޭނުންވާ ސާމާން ހޯދައި ދިނުމަށް އެދުމުން އެތަކެތި ދެއްވާނެ ކަމަށް ވިދާޅުވެ މިއަދު ސްކޫލުން އެދުނު ސާމާން ހަވާލުކޮށް ދެއްވާފައިވާ ކަމަށެވެ.
ވިލާ އިން ސްކޫލްތަކަށް ވެދިން އެހީ އާއި ގުޅޭ ގޮތުން ތަފާތު ވާހަކަތައް ސޯޝަލް މީޑިއާގައި އަންނަނީ ދެކެވެމުންނެވެ. އެގޮތުން ގާސިމް އިންތިހާބާއި ދިމާކޮށް ރިޝްވަތު ބަހަނީ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ.