Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

އިދިކޮޅުން އަތޮޅު ތެރޭގައި މުޒާހަރާ ކުރަނީ

މީގެކުރިން މާލޭގައި އިދިކޮޅުން ބޭއްވި މުޒާހަރައެއްގެ ތެރެއިން: ފޮޓޯ / ސަން

އިދިކޮޅު ޕީޕީއެމް ޕީއެންސީ ކޯލިޝަނުން އަތޮޅު ތެރޭގައި މުޒާހަރާ ކުރުމަށް ނިންމައިފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން އިދިކޮޅު ޕީއެންސީގެ ނާއިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވީ އިދިކޮޅުން މުޒާހަރާ ކުރުމަށް ނިންމާފައި ވަނީ އަންނަ ހުކުރު ދުވަހު ކަމަށެވެ.

ޝުޖާއު ވިދާޅުވީ އިދިކޮޅުން ކުރިޔަށް ގެންދާ މުޒާހަރާތައް ކުރިޔަށް ގެންދާނީ ސުލްހަވެރިކަމާއި އެކުގައި ކަމަށެވެ. އެ އިހުތިޖާޖުގައި އިދިކޮޅުގެ ލީޑާޝިޕަށް ބައިވެރި ނުވެވުނު ނަމަވެސް އެ ކޯލިޝަންގެ އެތައް ހާސް ސަޕޯޓަރުންނެއް ބައިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ އިދިކޮޅުން އެ މުޒާހަރާ ކުރުމަށް ނިންމީ ސަރުކާރުން ރާއްޖޭގެ ހާލަތު ގޯހުން ގޯހަށް ދާތީ ކަމަށެވެ. އެގޮތުން ރާއްޖޭގެ ބައިތުލް މާލުން ވައްކަންކޮށް ރާއްޖޭގެ މިނިވަން ކަމަށް އަސަރު ކުރާ ގޮތަށް ސަރުކާރުން އަމަލުތައް ބެހެއްޓުމަކީ ވެސް މުޒާހަރާ ކުރުމަށް ނިންމި ސަބަބެއް ކަމަށް ޝުޖާއު ވިދާޅުވިއެވެ.