މަސްތުވާ ތަކެތީގެ މައްސަލައެއްގައި މީދޫ ޒުވާނަކު ފުލުހުންގެ ބެލުމުގެ ދަށައް ގެންގޮސްފި އެވެ.
ހުޅުމީދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ފަސް ރަބަރު ޕެކެޓާ އެކު ހައްޔަރުކޮށްފައި ވަނީ ސ. މީދޫ ޔާގޫތުގޭ، އަހުމަދު މިރުސާދު، 25، އެވެ. މިރުސާދު އަތުލައިގެންފައި ވަނީ މި މަހުގެ 21 ވަނަ ދުވަހުގެ ރޭ 21:55 ގައި ކަމަށް ހަބަރު ލިބެ އެވެ.
މި މައްސަލަ އިތުރަށް ތަހްގީގު ކުރުމަށް 15 ދުވަހުގެ މުއްދަތަކަށް އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބެހެއްޓުމަށް މީދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ މުއްދަތު ޖަހައި ދީފަ އެވެ.