Last Updated: July 25, 13:53
Saturday, July 25, 2026
މީހުން

ހުޅުދޫ ދެ ޒުވާނަކު ޖަލަަށް ލާން ހުކުމްކޮށްފި

ވައްކަމުގެ މައްސަލަތަކެއްގައި ހުޅުދޫ ދެ ޒުވާނަކު ޖަލަށް ލާން ހުޅުދޫ މެޖިސްޓްރޭޓް ކޯޓުން ބުރާސްފަތި ދުވަހު ހުކުމްކޮށްފި އެވެ.

ވައްކަމުގެ މައްސަލައެއްގެ ޖަލަށް ލުމަށް ހުކުމް ކޮށްފައިވާ ދެ ޒުވާނުންގެ ތެރެއިން ހުޅުދޫ ކޮކާހަނދުވަރުގޭ އިލްޔާސް ފުވާދު ތިން އަހަރާއި ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ހުޅުދޫ މެގަ ޓްރެކުން ވައްކަން ކުރި މައްސަލައެއްގަ އެވެ.

މީގެ އިތުރުން ހުޅުދޫ ރޭނިސް ޝާއިފް އަލީ ޝަމީމު ހަ މަސް ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފަ އިވަނީ މޯބައިލް ފޯނެއް ވަގަށް ނެގި މައްސަލައެއްގަ އެވެ.