Last Updated: May 4, 23:02
Sunday, May 4, 2025
ޚަބަރު

ދިރިއުޅުމުގެ ބޭނުމަށް ހިތަދޫ އިން 300 ގޯތި ދޫކުރަނީ

އައްޑޫ ސިޓީ ހިތަދޫން ދިރިއުޅުމުގެ ބޭނުމަށް 300 ގޯތި ދޫކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މިގޮތަށް އެ ކައުންސިލުން ނިންމީ މިދިޔަ އަންގާރަ ދުވަހު ބޭއްވި އެ ކައުންސިލްގެ ޖަލްސާގައެވެ. ކައުންސިލަށް އެ އެ މައްސަލަ ހުށަހެޅުއްވީ ޑެޕިއުޓީ މޭޔަރ މުޙައްމަދު ޔަސްރިފް އެވެ.

އެގޮތުން ޔަސްރިފު ވަނީ ދިރިއުޅުމަށް ދޫކުރެވިފައިވާ ބިންތަކުގެ ތެރެއިން އެކިއެކި ސަބަބުތަކަށްޓަކައި ހުސްވެފައިވާ ބިންތައް ދޫކުރުމަށް ހުށަހަޅާފައެވެ.

އެގޮތުން ކައުންސިލްގެ ބައްދަލުވުމުގައި ނިންމީ ހިތަދޫ އިން ގޯއްޗަށް އެދޭ ފަރާތްތަކުގެ ތެރެއިން ހައްގުވާ ފަރާތްތަކަށް ހިތަދޫގެ އެކި ސަރަހައްދުތަކުން 1،500 އަކަފޫޓުގެ 300 ގޯތި ދޫކުރުމަށް ނިންމާފައެވެ.

މީގެއިތުރުން އެ ކައުންސިލް ބައްދަލުވުމުގައި ވަނީ ފޭދޫ ހިއްކި ބިން ސަރަހައްދުން ދިރިއުޅުމަށް 500 ގޯތި ދޫކުރުމަށް ވެސް ފާސްކޮށްފައެވެ. އެ މައްސަލަ ކައުންސިލަށް ހުށަހެޅުއްވީ ފޭދޫ ދާއިރާގެ ކައުންސިލަރު އަލީ ފަހުމީ އެވެ.