Last Updated: May 4, 23:02
Sunday, May 4, 2025
ޚަބަރު

67 ރަށެއްގެ ކުޑަކުދިން ޕާކަށް ބޭނުންވާ ސާމާނު ހޯދައި ދޭން ބަޔަކާއި ހަވާލުކޮށްފި

ފަސްދޮޅަސް ހަތް ރަށެއްގައި ގާއިމްކުރާ ކުޑަކުދިންގެ ޕާކަށް ބޭނުންވާ ސާމާނު ހޯދައި ދިނުމަށް ޔޫތު މިނިސްޓްރީން ބަޔަކާއި ހަވާލުކޮށްފިއެވެ.

ޔޫތު މިނިސްޓްރީން ބުނީ 7999،682.2 ރުފިޔާ އަށް އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ ބްރިލިއަންޓް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ. ޔޫތު މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިނިސްޓަރު އަހުމަދު މަހްލޫފްއެވެ.

ބްރިލިއަންޓް ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރެއް ކަމަށްވާ މުހައްމަދު ޝަފްވާން އަބްދުﷲއެވެ. މި މަސައްކަތުގެ ދަށުން 35 ދުވަހުގެ ތެރޭގައި މި ސާމާނު ގެންނަން ޖެހެއެވެ.

މި މަޝްރޫއު އަކީ އިންޑިއާ ސަރުކާރުގެ ހިލޭ އެހީގައި ކުރިޔަށް ގެންދާ މަޝްރޫއުއެކެވެ.