Last Updated: June 9, 10:38
Tuesday, June 9, 2026
ސިޔާސީ

ޖުމްހޫރީ ބޮޑު ޖަލްސާ އީސީސީގައި

ޖުމްހޫރީ ގުޅުމުން އައްޑޫގައި ބާއްވާ ބޮޑު ޖަލްސާ މިރޭ އިކްޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ގައި ބާއްވާ ގޮތަށް ނިންމައިފި އެވެ.

މިއީ 17 ވަނަ ސާކް ސަމިޓް ބާއްވަން އިމާރާތް ކުރި އީސީސީގައި ސިޔާސީ ޕާޓީއެއްގެ ޖަލްސާއެއް ބާއްވާ ދެވަނަ ފަހަރެވެ. އެތަނުގައި އެންމެ ފުރަތަމަ ޖަލްސާއެއް ބޭއްވި ޕާޓީއަކީ އެމްޑީޕީ އެވެ. އެއީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 13 ވަނަ ދުވަހު އެވެ.

ޖުމްހޫރީ ގުޅުމުގެ އޮފިޝަލަކު ވިދާޅުވީ އީސީސީގައި ބާއްވާ ޖަލްސާއަކީ "އައްޑޫ ފަތަހަ ކުރަން ބާއްވާ ޖަލްސާއެއް" ކަމަށާއި "މި ޖަލްސާ އިން އިދިކޮޅު ފަރާތްތަކަށް އައްޑޫގެ ބޮޑު މަންޒަރު މިރޭ ފެނިގެން ދާނެ" ކަމަށެވެ.

މި ޖަލްސާ ވީޓީވީ ލައިވް ކުރާ އިރު ސައިން ލޭންގްއޭޖުން ވެސް ގެނެސް ދޭން ވަނީ ހަމަޖެހިފަ އެވެ.