Last Updated: June 9, 10:38
Tuesday, June 9, 2026
ސިޔާސީ

"ވެރިކަމަށް އަންނަނީ އެއްބުރުން ހިދުމަތް ދޭން"

ނަޝީދުގެ ރަނިންމޭޓް ޑރ. މުސްތަފާ ލުފުތީ. ފޮޓޯ/ ޖޭޑް

އެމްޑީޕީން ވެރިކަމަށް އަންނަނީ އެއްބުރުން ދިވެހި ރައްޔިތުންނަށް ހިދުމަތްކޮށް ދިނުމަށް ކަމަށާއި ހުރިހާ ކަމެއްވެސް އެއްބުރުން ކޮށް ދޭނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިން މޭޓް ޑރ. މުސްތަފާ ލުތުފީ ވިދާޅުވެއްޖެ އެވެ.

ހއ. ތަކަންދޫގައި ވާހަކަ ދައްކަވަމުން އޭނާ ވިދާޅުވީ އެމްޑީޕީން މިހާތަނަށް ވެސް ކަންތައްތަަައް ކޮށްދީފައިވާނީ އެއްބުރުން ކަމަށެވެ.

އެގޮތުން އާސަންދައިގެ ހިދުމަތާއި ނުކުޅެދޭ މީހުންނާއި ދޮށީ އުމުރުގެ މީހުންނާއި އެކަނިވެރި މައިންނަށް ދޭ އެލަވަންސުތައް ފެއްޓެވީ ވެސް އެއްބުރުން ކަމަަށް މުސްތޮފާ ވިދާޅުވި އެވެ. އަދި ހަަމަ އެހެންމެ އެތަކެއް ރަށެއްގެ ބިމެއް ހިއްކައި އެތަކެއް ބަނދަރެއް ހަދައި ފްލެޓްތައް އެޅީ ވެސް ހަމަ އެއްބުރުން ކަމަށް ވިދާޅުވިއެ ވެ.
އަދި ޖެއްސުން ކުރުމަށް ބަޔަކު މީހުން ތިއްބެއް ކަމަކު އެއްވެސް އަމިއްލަ އެދުމެއް ނެތި ވެރިކަމަށް މި އަންނަނީ އެއްބުރުން ހިދުމަތްކޮށް ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ގެސްޓު ހައުސް ސިޔާސަތައް އަލި އަޅުވާލަމުން މުސްތަފާ ވިދާޅުވީ ގެސްޓް ހަައުސްތައް އެޅެން ފެށުމުން ޑޮލަރުން ރަށްރަށުގެ ރައްޔިތުންނަށް އާމްދަނީ ލިބި ފުދުންތެރިކަން އިތުރިވެ މުއްސަނދި ވެގެންދާނެ އެވެ. އަދި ސަރުކާރުން ފަތުރުވެރިން ގެނައުމަށް އިސްތިހާރުކޮށް ފަތުރުވެރިން އަންނާނެ މަގު ތަނަވަސްކޮށް ދޭނެ ކަމަށް ވެސް ވިދާޅުވިއެވެ.

އަދި އެމްޑީޕީގެ އަމާޒަކީ މަންމަ އާއި ބައްޕަ ދަރިންނާ އެކު އުޅެ އާމްދަނީ ހޯދާނެ ގޮތް މަގުފަހިކޮށް ދިނުން ކަމަށާއި އާއިލީ ގުޅުންތައް ވަރުގަދަކޮށް ހަރުދަނާ ޖީލެއް ބިނާ ކުރާނެ ކަމަށް ވެސް މުސްތޮފާ ވިދާޅުވި އެވެ.