Last Updated: June 9, 10:37
Tuesday, June 9, 2026
މީހުން

ޑރ. ސަަމަދުގެ އާއިލާ އަށް މޭޔަރުގެ ތައުޒިޔާ

މަރުހޫމް ޑރ. ސަމަދު. ފޮޓޯ/ ހަވީރު

ސިންގަޕޫރުގެ ހޮސްޕިޓަލެއްގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް ރޭ ދަންވަރު ވަގުތެއްގައި އަވަހާރަވި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުއްސަމަދު އަބްދުﷲ ގެ އާއިލާ އަށް އައްޑޫ މޭޔަރު އަބްދު ސޯދިގް (ސޯބެ) ތައުޒިޔާ ވިދާޅުވެއްޖެ އެވެ.

މޭޔަރުގެ އެފްބީ ޕޭޖް މެދުވެރިކޮޮށް ފޮނުއްވި ތައުޒިޔާގެ މެސެޖްގައި ބުނެފައި ވަނީ ޑރ. ސަމަދުގެ އާއިލާ އަށް ކެތްތެރިކަން ދެއްވައި، އެ މަނިކުފާނަށް ސުވަރުގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުއާ ކުރައްވާ ކަމަށެވެ.

މޭޔަރު އިތުރަށް ވިދާޅުވެފައި ވަނީ ޑރ. ސަަމަދާ ރަސްމީ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވެ ވަޑައިގަތް ކަމަށާއި އެއީ ވަރަށް ހިތްހެޔޮ ބޭފުޅެއް ކަމަށެވެ.

ޑރ. ސަމަދު އަވަހާރަވުމާ ގުޅިގެން ގައުމީ ދިތަ ދިން ދުވަހަށް ބައި ދަނޑިއަށް އަށް ނަގާ ގޮތަށް ހަމަޖައްސައި، ޢައިބުގައި މިއަދު އަސްރު ނަމާދަށް ފަހު ކަށު ނަމާދު ކުރަން ވެސް ވަނީ ހަމަޖެހިފަ އެވެ.

އަދި ޑރ. ސަމަދުގެ ޒިކުރާ އާ ކުރުމުގެ ގޮތުން އޭނާގެ ނަމުގައި ހާއްސަ ސްކޮލަޝިޕެއް އިއުލާނު ކުރުމަށް ކެބިނެޓުން މިއަދު ވަނީ ނިންމައިފި އެވެ.