Last Updated: July 22, 18:06
Thursday, July 23, 2026
ކުޅިވަރު

ޕޮގްބާ ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

މެންޗެސްޓަރ ޔުނައިޓެޑްގެ ފްރާންސްގެ މިޑްފީލްޑަރު ޕޯލް ޕޮގްބާ ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޕޮގްބާ ކޮވިޑަށް ޕޮޒިޓިވް ވެފައިވާކަން ހާމަކުރީ ފްރާންސްގެ ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕް އެވެ.

ކޮވިޑަށް ޕޮޒިޓިވްވުމުން ޕޮގްބާ 14 ދުވަހަށް އައިސޮލޭޝަނުގައި ހުންނަން ޖެހިފައިވާއިރު، ޔޫއެފާ ނޭޝަންސް ލީގުގައި ފްރާންސުން ކުޅުމަށް ހަމަޖެހިފައިވާ ކުރިއަށް އޮތް ދެ މެޗުގައި އޭނާ އަށް ނުކުޅެވޭނެއެވެ.

ޕޮގްބާގެ ބަދަލުގައި ފްރާންސްގެ ގައުމީ ޓީމަށް މިހާރު ނަގާފައިވަނީ އުމުރުން 17 އަހަރުގެ މިޑްފީލްޑަރު އެޑުއާޑޯ ކަމަވިންގާ އެވެ.

ކޮވިޑަށް ޕޮޒިޓިވްވެ ގައުމީ ޓީމުގެ މެޗުތައް ޕޮގްބާ އަށް ގެއްލުނު ނަމަވެސް ޕްރިމިއާ ލީގުގެ ޔުނައިޓެޑުން ކުޅޭ ފުރަތަމަ މެޗުގައި އޭނާ ފެނުމުގެ ފުރުސަތު އެބައޮތެވެ. ލީގުގެ ފުރަތަމަ މެޗުގައި އަންނަ މަހުގެ 19 ގައި ޔުނައިޓެޑް ނިކުންނާނީ ކްރިސްޓަލް ޕެލެސްއާ ދެކޮޅަށެވެ.