Last Updated: May 12, 14:00
Monday, May 12, 2025
ސިއްހަތު

އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް އަތުގެ ޓްރާންސްޕްލާންޓެއްކޮށްފި

ފޮޓޯ: ޑެއިލީ މެއިލް

އިނގިރޭސި ވިލާތުގައި ވަނީ އިއްޔެގެ ވަގުތެއްގައި އަތުގެ ޓްރާންސްޕްލާންޓެއް ކޮށްފައެވެ. މިއީ އެ ގައުމުގައި ކުރެވުނު މިފަދަ ފުރަތަމަ ޓްރާންސްޕްލާންޓެވެ.
އަދި ދުނިޔޭގައި ވެސް އެއް ވަގުތެއްގައި ބަލިމީހާގެ އަތް ވަކި ކޮށް އެއް ސާޖަރީ އެއްގެ ތެރެއިން ޑޯނާ އަތް ގުޅި ފުރަތަމަ ފަހަރެވެ. އެހެން ގައުމު ތަކުގައި މި ސާޖަރީ ކުރެވިފައި ވަނީ އެކްސިޑެންޓެއް ނުވަތަ އެހެން ސަބަބަކާއި ހުރެ ކުރީގައި އަތް ވަކިވެފައިވާ މީހުންނަށެވެ.

ޔޫކޭގައި ކުރެވުނު މި ސާޖަރީ ކޮށްފައި ވަނީ އަތުގައި ބައްޔެއްގެ ސަބަބުން ވާގިނެތިފައިވާ 51 އަހަރުގެ މާކް ކޭހިލް ނަމަކަށް ކިޔާ މީހަކަށެވެ. 8 ގަޑި އިރަށް ދެމިގެން ދިޔަ މި ޓްރާންސްޕްލާންޓް ހެދީ ޕްލާސްޓިިކް ސާޖަނެއް ކަމަށްވާ ޕްރޮފެސާ ސައިމަން ކޭ އެވެ.

މީގެ ފަސް އަހަރު ކުރިން ކަނާއަތަށް ޖެހުނު ބައްޔެއްގެ ސަބަބުން އެއްވެސް ބޭނުމެއް ނުކުރެވި އޮތް އަތް، ކާމިޔާބު ސާޖަރީއެއް ކޮށް ބަދަލު ކުރުމަށް ފަހު ކޭހިލް އަށް ކުޑަ ހަރަކާތްތައް ކުރެވެން ފަށާފައި ވާ ކަމަށް ސާޖަނުން ބުނެ އެވެ.
އަދި ކޮންމެވެސް ވަރަކަށް އިހުސާސް ވެސް ކުރެވޭ ކަމަށް ބުނެ އެވެ. ސާޖަނުން ބުނަނީ ކުރިއަށް އޮތް ތަނުގައި އަތުގެ ހަރަކާތް ރަނގަޅުވެ މަސަތްކަތް ކުރެވުނު ކަމުގައި ވިޔަސް %100 ފަންކްޝަން ނުލިބޭނެ ކަމަށެވެ.

ކޭހިލް ބުނީ ސާޖަރީ ކުރެވުނީތީ ވަރަށް އުފާވާ ކަމަށެވެ. އަދި އޭނާ އަތް ހަރަކާތް ކުރާ އިރު އެހެން މީހެއްގެ އަތް ހެން ހީވެސް ނުވާ ކަމަށް ކޭހިލް ބުންޏެވެ.
ކޮންމެއަކަސް މިއީ ބޭސްވެރި ކަމުގެ ދާއިރާ އަށް ލިބިގެން ދިޔަ ބޮޑު ކުރިއެރުމެކެވެ.