އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު (އަންނި) މާދަމާ އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އެމްޑީޕީގެ އިސް އޮފިޝަލަކު ވިދާޅުވީ އަންނި އައްޑޫއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 9:00 ޖަހާއިރުއެވެ.
އަންނި މިވަގުތު ހުންނެވީ ފުވައްމުލަކުގައެވެ. އަދި މިރޭ އެޕާޓީން މުލަކުގައި ބޮޑު ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
އެމްޑީޕީން ބުނީ މާދަމާ އަންނިއަށް މަރުހަބާ ދެންނެވުމަށް ވީހާވެސް ގިނަ އެޕާޓީގެ ސަޕޯޓަރުން ގަމަށް ވަޑައިގަތުމަށް އެދިވަޑައިގަންނަވާކަމަށެވެ.