Last Updated: June 30, 21:19
Tuesday, June 30, 2026
ސިޔާސީ

ނަޝީދު ހުޅުމީދޫގައި ދޮރުން ދޮރަށް!

ނަޝީދު މިއަދު މީދޫގެ ގެއަކަށް ވަޑައިގެން އެގޭގެ ބޭފުޅުންނާއި ބައްދަލު ކުރައްވަނީ. ފޮޓޯ: ކިއުންތެރިއެއް

އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު މިއަދު ހެނދުނު އައްޑޫއަށް ވަޑައިގެން ހުޅުމީދޫގެ ގޭގެއަށް ދޮރުން ދޮރަށް ހިންގަވަމުން އެބަ ގެންދަވައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ނަޝީދު ހުޅުމީދޫއަށް ފައިބާވަޑައިގަތީ އެމަނިކުފާންގެ ސަރުކާރުން ހުޅުމީދޫގެ މެދުގައި ހަދަން ފެށި ބަނދަރަށެވެ. އަދި އެރަށް ވަޑައިގެން ގޭގެ އަށް ޒިޔާރަތް ކުރައްވައި ކެމްޕެއިން ކުރައްވަމުން އެބަގެންދަވައެވެ.

އެމްޑީޕީން ބުނީ މިރޭ ހިތަދޫ ރަސްމީ ބޯޅަ ދަނޑުގައި ރިއާސީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ބާއްވާ ހާއްސަ ހަފްލާއެއް ގައި ނަޝީދު ބައިވެރިވެވަޑައިގަންނަވާނެ ކަަމަށެވެ.

ހުޅުމީދޫގެ ދަތުރު ނިންމަވާލެއްވުމަށް ފަހު މިއަދު މެންދުރު މަރަދޫއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ އިރު މިއަދު ހަވީރު ހާއްސަ ހިނގާލުމެއް ހިތަދޫ މެދެއާރި މަގުން ފެށުމަށް ޕާޓީން ވަނީ ނިންމާފައެވެ.

ނަޝީދު އާއި އެކު މި ދަތުރުގައި ކާށިދޫ ދާއިރާގެ މަޖިލިސް މެމްބަރު ޖާބިރުގެ ދެކަބަލުންނާއި މަޖިލިސްގެ ރައީސް އަބްދުﷲ ޝާހިދު ބައިވެރިވެވަޑައިގަންނަވައެވެ. އަދި މިރޭގެ ރަސްމިއްޔާތުގައި މުހައްމަދު ނަޝީދުގެ ރަނިންމޭޓް ޑރ. މުސްޠަފާ ލުޠުފީ ބައިވެރިވެވަޑައިގަންނަވާނެއެވެ.