Last Updated: May 4, 21:37
Sunday, May 4, 2025
ޚަބަރު

އިސްދޫ ބަނދަރުގެ މަސައްކަތް ފަށައިފި

ލ. އިސްދޫ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށައިފިއެވެ.

މި މަސައްކަތް އެ ކުންފުންޏަށް ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުއެވެ. މި މަސައްކަތް އެކުންފުނިން ފަށާފައި ވަނީ މި މަހުގެ 27ވަނަ ދުވަހުއެވެ.

އެ މަޝްރޫއުގެ ދަށުން 27،129 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 230 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމާއި، 208 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 98 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމަންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ތިންސަތޭތަ ތިރީސް ދުވަހުގެސް ތެރޭގައި މަސައްކަތް ނިންމުމަށް ހަވާލުކޮށްފައިވާ މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 34.7 މިލިއަން ރުފިޔާއަށެވެ.