Last Updated: May 4, 17:19
Sunday, May 4, 2025
ޚަބަރު

8 މީޑިއާ އަކަށް އެސްޑީއެފްސީން ލޯނު ދޫކޮށްފި

އެމްއެމްސީ އިން އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރާއެކު ބޭއްވި ބައްދަލުވުން --

ކޮވިޑް19 ގެ ސަބަބުން މީޑިއާތަކަށް ލިބިފައިވާ މާލީ ގެއްލުންތަކުން އަރައިގަތުމަށް އެސްޑީއެފްސީ އިން މިހާތަނަށް 8 މީޑިއާ އަކަށް ލޯނު ދޫކޮށްފައިވާ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް އިން ބުނެފިއެވެ.

މީޑިއާ ކައުންސިލުން މިއަދު ވަނީ އެސްޑީއެފްސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޒިނާދުއާ ބައްދަލުކުރައްވާފައެވެ. އެ ބައްދަލުވުމަށްފަހު މީޑިއާ ކައުންސިލުން ބުނީ އެސްޑީއެފްސީގެ އެމްޑީ މައުލޫމާތު ދިން ގޮތުގައި މިހާތަނަށް 8 މީޑިއާ އަކަށް ލޯނު ދޫކޮށްފައިވާ ކަމަށާއި އޭގެތެރޭގައި ކުދި މީޑިއާތައް ވެސް ހިމެނޭ ކަމަށެވެ.

މިހާތަނަށް ލޯނަށް އެދުނު ހުރިހާ މީޑިއާތަކަކަށް ލޯނު ދޫކޮށްފައިވާ ކަމަށްވެސް އެސްޑީއެފްސީއާ ހަވާލާދީ މީޑިއާ ކައުންސިލުން ބުންޏެވެ. ލޯނަށް އެދުމުގެ ފުރުސަތު އަދިވެސް ހުޅުވާލާފައިވާ ކަމަށް މީޑިއާ ކައުންސިލުން ބުންޏެވެ.

މީޑިއާ ކައުންސިލުން ވަނީ ލޯނު ބޭނުންވާ މީޑިއާތަކުން ވީ އެންމެ އަވަހަކަށް ލިޔެކިޔުންތައް ފުރިހަމަ ކުރުމަށްފަހު ލޯނަށް ހުށަހެޅުމަށް އިލްތިމާސް ކޮށްފައެވެ.