Last Updated: July 22, 12:00
Wednesday, July 22, 2026
ޚަބަރު

ނޫސްވެރިކަމުގެ ދާއިރާއަށް އަލަށް ވަންނަ ފަރާތްތަކަށް އޮންލައިން ޕްރޮގްރާމެއް

ނޫސްވެރިންތަކެއް: ފޮޓޯ / އަވަސް

ރާއްޖޭގައި ނޫސްވެރިކަމުގެ ދާއިރާ އަށް އަލަށް ވަންނަ ފަރާތްތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލުން އޮންލައިން ޕްރޮގްރާމެއް ކުރިޔަށް ގެންދިއުމަށް ނިންމައިފިއެވެ.

އެމްއެމްސީ އިން ބުނީ އެ ޕްރޮގްރާމް ފުރިހަމަ ކުރާ ނޫސްވެރިންނަށް އެ ކައުންސިލުގެ ފަރާތުން ހާއްސަ ސެޓްފިކެޓެއް ލިބިގެން ދާނެ ކަމަށެވެ. އެ ޕްރޮގްރާމަކީ އެއް ހަފްތާގެ މުއްދަތަށް ކުރިޔަށް ގެންދާ ޕްރޮގްރާމެއް ކަމަށް އެމްއެމްސީން ބުންޏެވެ.

އެ ޕްރޮގްރާމް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ އޮންލައިންކޮށް ކަމަށްވެސް އެމްއެމްސީން ބުންޏެވެ. އެމްއެމްސީން ބުނީ އެ ޕްރޮގްރާމުގައި ބައިވެރިވާން ބޭނުންވާ ނޫސްވެރިން މި މަހުގެ 10ވަނަ ދުވަހުގެ 14:00ގެ ކުރިން އެ ކައުންސިލަށް ފޯމު ހުށަހެޅުމަށް އެދޭ ކަމަށެވެ.