Last Updated: June 9, 09:12
Tuesday, June 9, 2026
މުނިފޫހިފިލުވުން

އުނޫޝާ އަށް މި ފަހަރު ހިންދީ ލަވައެއް

އުނޫޝާ ޕޫޖާ ބަޓް އާ އެކު. ފޮޓޯ/ ވަންއިންޑިއާ

ޕޫޖާ ބަޓްގެ "ޖިސްމް 3" އަށް ރާއްޖޭގެ މަޝްހޫރު އަންހެން ލަވަ ކިއުންތެރިޔާ މަރިޔަމް އުނޫޝާ (ކިޑީ) ލަވައެއް ރެކޯޑްކޮށްފި އެވެ.

އުނޫޝާ ކޮންސެޓަކަށް އިންޑިއާގެ ކެރެލާއަށް އަށް މި ހަފުތާގައި ކުރި ދަތުރާ ދިމާކޮށް، މުމްބާއީ އަށް ގޮސް "ޖިސްމް 3" އަށް އޭނާ ކިޔައިދޭ ލަވަ އިއްްްޔެ ވަނީ ރެކޯޑްކޮށްފަ އެވެ. މި ލަވަ ރެކޯޑްކޮށްފައި ވަނީ ތަނޭ ސްޓޫޑިއޯގަ އެވެ.

ޕޫޖާ ވެސް ސްޓޫޑިއޯގައި ހުރެގެން ރެކޯޑް ކުރި ލަވައިގެ މިއުޒިކް ޑައިރެކްޓަރަކީ އާކޯ ޕްރާވޯ މުކަރުޖީ އެވެ. އޭނާއަކީ މިދިޔަ އަހަރު ރިލީޒް ކުރި "ޖިސްމް 2" ގެ ވެސް އެއް މިއުޒިކް ޑައިރެކްޓަރެވެ.

ލަަވައިގެ ލިރިކްސް ފެށެނީ މި އިބާރާތުންނެވެ؛ ކަހާ ސޭ ކަރޫ ޝުރޫ، ޔަހާ ސޭ އެވެ.

ރަންދީޕް ހޫޑާ އާއި ސަނީ ލިއޯން އަދި އަނުރަދޯއި ސިންގް ލީޑް ރޯލް ކުޅުނު "ޖިސްމް 2" އަށް އުނޫޝާ ކިޔާފައި ވަނީ އިނގިރޭސި ލަވައެކެވެ. އެހެން ނަމަވެސް އެ ލަވައިގެ ނަމަކީ "ހޭވައްލާ" އެވެ.

އެކަމަކު "ޖިސްމް 3" އަށް އުނޫޝާ އަށް ކިޔަން ޖެހުނީ ހިންދީ ލަވައެކެވެ.

އުނޫޝާގެ އިތުރުން "ކަހާ ސޭ ކަރޫ ޝުރޫ، ޔަހާ ސޭ" ލަވައިގައި އިންޑިއާގެ މަޝްހޫރު ފިރިހެން ދެ ލަވަ ކިއުންތެރިން ކަމަށްވާ ކޭކޭ އާއި އަލީ އަޒުމަތުގެ އަޑު ވެސް ހިމެނޭ ކަމަށްވެ އެވެ.

އުނޫޝާ "ޖިސްމް 3" އަށް ލަވައެއް ރެކޯޑް ކުރި ނަމަވެސް އެ ލަވަ އާންމުންނާ ހަމައަށް އަންނާނެ އިރެއް އަދި ނޭނގެ އެވެ. ސަބަބަކީ "ޖިސްމް 3" ގެ ޝޫޓިން ވެސް އަދި ފަށާފައި ނުވުމެވެ.

ފިލްމްގެ ކާސްޓިން ވެސް އަދި އޮތީ ނޭނގުމެއްގެ ތެރޭގަ އެވެ.