Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

ނަޝީދުގެ ފަރާތުން ރާއްޖޭގެ ހުރިހާ ގެއަކަށް

އެމްޑީޕީގެ ރިއާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދުގެ "ފަރާތްޕުޅުން ރާއްޖޭގެ ހުރިހާ ގެއަކަށް"، "ދޮރުން ދޮރަށް" އަންނަ ހޮނިހިރު ދުވަހު ހެނދުނު 9:30 ގައި ފަށާނެކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން ބުނީ މި ހަރަކާތުގައި ރާއްޖޭގެ ހުރިހާ ގެއަކަށް ވޯޓް ލާ ދުވަހުގެ ކަންތައް ކުރިއަށް ދާނެ ގޮތުގެ މަޢުލޫމާތު ފޯރުކޮށް ދެވޭނެ އެވެ. އަދި ވޯޓުލުމާ ގުޅޭ ގޮތުން ރައްޔިތުންގެ ސުވާލުތަކަށް ޖަވާބު އަރުވާ ހުރިހާ ކަމެއް އޮޅުން ފިލުވައި ދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މާލޭގައި ކުރިއަށްދާ ހަރަކާތުގައި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުޙައްމަދު ނަޝީދުވެސް ދޮރުން ދޮރަށް ހިންގެވުމަށް ވަނި ހަމަޖެހިފަ އެވެ.

އެމްޑީޕީން އަކީ އަބަދުވެސް ރައްޔިތުންގެ ވިސްނުމާއި ފިކުރާއެކު ރައްޔިތުންނާ ގާތުން ވެރިކަން ކުރުމަށް ވަކާލާތު ކުރާ ޕާޓީއަކަށް ވުމުން ވީހާ ވެސް ގިނަ އެމްޑީޕީގެ ކެމްޕޭން ޙަރަކާތްތެރިންނާއި އެމްޑީޕީއަށް ތާއީދުކުރާ ހުރިހާ ބޭފުޅުން ވެސް މި މަސައްކަތުގައި ބައިވެރިވެވުމަށް އެ ޕާޓީން ވަނީ އެދިވަޑައިގެންފަ އެވެ.