Last Updated: July 23, 16:49
Thursday, July 23, 2026
ޚަބަރު

މަތިވެރީ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެ

މަތިވެރީ ދާއިރާގެ ކުރީގެ މެމްބަރު ހުސެއިން މުހައްމަދު އަވަހާރަވެއްޖެއެވެ.

ހުސެއިން މުހައްމަދު އަވަހާރަވެފައިވަނީ ރޭ ދަންވަރުގެ ވަގުތެެއްގައި ޓްރީޓޮޕް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ގިނަ ދުވަސްތަކެއް ވަންދެން ކުރެެއްވި ހުސެއިން މުހައްމަދު ވަނީ ރާއްޖޭގެ ސިޔާސީ ދާއިރާއަށް ގިނަ ހިދްމަތްތަކެއް ކޮށްދެއްވާފައެވެ. އޭގެ އިތުރުން ހުސެއިން ވަނީ ރާއްޖޭގެ ތައުލީމީ އަދި މީޑިއާގެ ދާއިރާގައި ވެސް މަސައްކަތްތަކެއް ކުރައްވާފައިވެއެވެ.

ހުސެއިން އަވާހަރަވުމާ ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގެންދަވަނީ ހުސެއިން އާއިލާ އަށް ކެތްތެރިކަން ދެއްވައި ހަމްދަރުދީގެ މެސެޖުތައް ފޮނުއްވަމުނެވެ.