Last Updated: May 4, 13:48
Sunday, May 4, 2025
ޚަބަރު

ދެ މީހަކު ފިޔަވާ އައްޑޫ އިން ޕޮޒިޓިވްވި އެންމެން ރަނގަޅުވެއްޖެ

އައްޑޫސިޓީ ހިތަދޫ- ފޮޓޯ: އައްޑޫލައިވް

އައްޑޫ ސިޓީ އިން ކޮވިޑް19 އަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވާ އެހެން ހުރިހާ އެންމެން ބަލިން ރަނގަޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިރޭ ބުނީ އައްޑޫ ސިޓީ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން ދެ މީހުން ފިޔަވާ އެންމެން ރަނގަޅުވެފައިވާ ކަމަށެވެ. ބަލިން ރަނގަޅު ނުވާ ދެ މީހުންނަކީ ގަމުން ޕޮޒިޓިވްވި ދެމީހުންނެވެ. އެ ދެ މީހުން ގެންދަނީ އައިސޮލޭޝަން މުއްދަތު ހަމަ ކުރަމުން ކަމަށް އެޗްއީއޯސީ އިން ބުންޏެވެ.

އައްޑޫ ސިޓީ އިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ އަދަދަކީ 8އެވެ. މި ބައްޔަށް އައްޑޫ އިން ޕޮޒިޓިވްވި އެންމެންނަކީ ވެސް ހޯމް ކަރަންޓީނުގައި ތިބި މީހުންނެވެ.

ކޮވިޑް-19 މާލޭގައި ހަލުވި ކަމާއި އެކު ފެތުރެމުން އަންނަ އިރު އަތޮޅުތަކަށްވެސް މިހާރު ބަލި ވަނީ ފެތުރިފައެެވެ. އެގޮތުން ބަލި ރަށްތަކަށް ގޮސްފައިވަނީ ހޯމް ކަރަންޓީނަށް ދާ މީހުންނާއި، ކަނޑު ބޯޓު ފަހަރުން ދަތުރު ކުރާ މީހުން ޕޮޒިޓިވްވެގެންނެވެ.