Last Updated: June 30, 19:07
Tuesday, June 30, 2026
ޚަބަރު

ބީއެމްއެލް ކޯލް ސެންޓަރަށް އެޖެންޓުން ހޯދަނީ

ބޭންކް އޮފް މޯލްޑިވްސް ހިތަދޫ ބްރާންޗް

ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ސ. ހިތަދޫގައި ގާއިމްކޮށްފައިވާ އެ ބޭންކްގެ ކޯލް ސެންޓަރަށް އެޖެންޓުން ހޯދުމަށް އިއްލާންކޮށްފި އެވެ.

ބެންކުން ނެރުނު އިއްލާނެއްގައި ބުނެފައި ވަނީ ޖީސީއީ އޯލެވެލް ނިންމާފައިވާ ކުދިންގެ ތެރެއިން ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ސެޕްޓެމްބަރު 3 ވަނަ ދުވަހުގެ ހަވީރު 4:00 ގެ ކުރިން ބޭންކަށް ސިޓީ ހުށަހެޅުމަށެވެ. އަދި މެއިލްގެ ޒަރީއާއިން ފޮނުވާ އެޕްލިކޭޝަން ބަލައި ގަންނާނެ ކަމަށް ބޭންކުން ބުނެ އެވެ.

2011 ވަނަ އަހަރު ތެރޭ ހިތަދޫގައި ގާއިމްކުރި ކޯލް ސެންޓަރުން 24 ގަނޑި އިރު ހިދްމަތް ދެމުން އަންނައިރު މިހާރު ބޭންކްގެ ކޯލްސެންޓަރަކީ ކަސްޓަމަރުންނަށް އެކަށީގެންވާ ހިދްމަތެއް ދޭ ތަނެއްކަމަށް ބައެއް ކަސްޓަމަރުން ފާހަގަ ކުރެ އެވެ.