ޕީޕީއެމްގެ ރިއާސީ ކެންޑިޑޭޓް ޔާމީން އަބްދުލް ގައްޔޫމް ކެމްޕެއިން ދަތުރުފުޅެއްގައި މިރޭ އައްޑޫއަށް ވަޑައިގަންނަވާނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.
ޕީޕީއެމްގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ޔާމީން އައްޑު އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މިރޭ 7:00 ޖަހާ އިރު އެވެ. އަދި ޔާމީން ވަގުތުން ފުރާވަޑައިގަންނަ ވާނީ ހުޅުމީދު އަށް ކަމަށް އޮފިޝަލް ވިދާޅުވި އެވެ.
ޔާމީން މިރޭ ހުޅުމީދޫ އަށް ވަޑައިގެން އެ ރަށުގައި ޕީޕީއެމް ސަޕޯޓަރުން ތައްޔާރުކޮށްފައިވާ ދެ ޖަގަހަ ހުޅުވައި ދެއްވާނެ އެވެ. އަދި މިރޭ މަޑު ކުރުމަށް ހަމަޖެހިފައި ވަނީ ވެސް ހުޅުމީދޫގަ އެވެ.
ޔާމީން ހުޅުމީދޫ ދަތުރު ނިންމަވާލެއްވުމަށް ފަހު ފޭދޫ އަށް ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ މާދަމާގެ ހެނދުނު އެވެ. އަދި ފޭދު އާއި މަރަދޫފޭދޫގެ ޖަގަހަ އެއް ހުޅުވުމަށް ވަނީ ހަމަޖެހިފަ އެވެ.
ޕީޕީއެމުން ބުނީ އައްޑޫ ދަތުރު ނިންމަވާލެއްވުމަށް ފަހު ޔާމީން މާދަމާ ހަވީރު މާލެ ފުރާވަޑައިގަންނަވާނެ ކަމަށެވެ.