Last Updated: June 6, 22:05
Saturday, June 6, 2026
ޚަބަރު

ހޯޑެއްދޫ ކޭސް: 35 މީހުން ޕޮޒިޓިވްވެ، ދެމީހެއްގެ ހާލު ސީރިއަސް!

ގދ. ހޯޑެއްދޫން ކޮވިޑު 19އަށް ޕޮޒިޓިވްވީ މީހުންގެ އަދަދު 35އަށް އަރައިފިއެވެ.

ހެލްތު ޕޮރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނީ ހޯޑެއްދޫން މިހާތަނަށް 35 މީުން ޕޮޒިޓިވްވެފައިވާ އޭގެ ތެރެއިން އުމުރުން ދުވަސްވީ ދެމީހެއްގެ ހާލު ސީރިއަސްވެފައިވާ ކަމަށެވެ.

އެޗްޕީއޭއިން ބުނީ ހޯޑެއްދޫން ހާލު ސީރިއަސްވީ ދެމީހުން އިތުރު ފަރުވާއަށް ގއ. ގެ ކޮވިޑް މެނޭޖްމަންޓް ފެސިލިޓީއަށް ބަދަލުކޮށްފައެވެ. އެއީ 80 އަހަރުގެ ފިރިހެނަކާއި، 64 އަހަރުގެ އަންހެނެކެވެ. އެ ދެމީހުން ކޮވިޑު ފެސިލިޓީއަށް ގެންދެވިފައިވުމާއި އެކު މިާރޔު ރަށުގައި ބަލި ޖެހިފައިވާ 33 މީހަކު އެބަތިބިކަމަށް އެޗްޕީއޭއިން ބުނެއެވެ.

ހޯޑެއްދޫގައި ކޮވިޑު-19 ފެތުރެމުން އަންނަ އިރު މިހާތަނަށް ޕޮޒިޓިވްވީ މީހުންނާއި 111 މީހަކު ކޮންޓެކްޓުވެފައިވާ އިރު އެހުރިހާ މީހުންގެ ސާމްޕަލް ވަނީ ނަގާފައެވެ.