Last Updated: June 9, 09:12
Tuesday, June 9, 2026
ސިޔާސީ

"ބޭނުމީ އިންސާފު، ހޮވާނީ ރައީސް ނަޝީދު" މިރޭ

އެމްޑީޕީގެ ރިޔާސީ ކެންޑީޑޭޓް މުޙައްމަދު ނަޝީދު 7 ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިޚާބުގައި އެއްބުރުން ހޮވުމަށް ކުރާ މަސައްކަތުގައި ރާއްޖޭގެ ގިނަ މިޔުޒިކް ގްރޫޕްތަކުން "ބޭނުމީ އިންސާފު، ހޮވާނީ ރައީސް ނަޝީދު" ގެ ނަމުގައި ބާއްވާ މިޔުޒިކް ޝޯއެއް މިރޭ މާލޭގައި ބާއްވާ ގޮތަށް ހަމަޖަައްސައިފި އެވެ.

އެ ޝޯ އޮންނާނީ 8:00 ޖަހާ އިރު ރާޅުގަނޑު ސަރަހައްދުގަ އެވެ.

މި ޝޯގައި ހަރަކާތްތެރިވާ ފަންނާނުންގެ ތެރޭގައި ޑީޖޭ އުމަރު ފޓ. ޝިއުޒު، އަދުހަމް، މައްނު، އިއްބެ، ޑިންބާ މިޔުޒިކް، ސަމީޢު، މާޕް، ރާއްޕެ، ފަޔާ، އިޝާންޓޭ، މިފޫ، ހަރުބީ، ކުޑަ އިއްބެ، އަވަރ ގްލާސް، ދަރިންގެ ދަރިން، އުމަރު، އައްޔަ، ނިމާލް، ދިފޫ، ޓިން، އަޒޫ، މޮހޮޖް، ޓްރެފިކް ޖޭމް، އީމަންސް ކޮންސްޕިރަސީ، އައްޑޮ، އައްޔަ، ހަންބެ، ޔޫސުފް، އައްޔުމަން، މުޚްތާރު، އާމިރު، ސޮފިއަން، ރާއި، އަދި މީގެ އިތުރުން ވެސް ގިނަ އަދަދެެއްގެ ފަންނާނުން ހިމެނެ އެވެ.

"ބިރަކާ ނުލައި މަޖާ ކުރަން" ނިންމާފައިވާ އެމްޑީޕީގެ ސަޕޯޓަރުންނަށް މިރޭގެ ޝޯ އަށް ވަނީ ދައުވަތު އަރުވައިފަ އެވެ.