Last Updated: April 25, 22:42
Thursday, April 25, 2024
ޚަބަރު

ތިނަދޫ އިޖްތިމާއީ މަރުކަޒުގެ މަސައްކަތް ނިންމާލައިފި

ގދ. ތިނަދޫގައި ކުރީގެ ސަރުކާރުން މަސައްކަތް ފަށާފައިވާ އިޖްތިމާޢީ މަރުކަޒުގެ މަސައްކަތް ނިންމާލެވިފައިވާ ކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަޙުމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މަހްލޫފް މި މަސައްކަތް ނިންމާލެވިފައިވާ ކަމުގެ ހަބަރު ދެއްވާފައިވަނީ އެ ބޭފުޅާގެ އޮފިޝަލް ޓްވިޓާ މެދުވެރިކޮށް މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

https://platform.twitter.com/widgets.js

މިނިސްޓަރު މަހްލޫފްގެ ޓްވީޓްގައި އެ ބޭފުޅާވަނީ މި މަރުކަޒަކީ ނިމިދިޔަ ސަރުކާރުން ފަށާފައިވާ މަސައްކަތެއްކަން ބަޔާން ކުރައްވާފައެެވެ.

އަދި މީގެ އިތުރުން މި މަސައްކަތް ނިމިފައިވަނީ އެކި ފަރާތްތަކުގެ އެހީތެރިކަމާއެކު ކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައިވެއެވެ. އެ ގޮތުން މި މަސައްކަތް ނިންމުމުގައި އެފަރާތްތަކުގެ ރޯލު ފާހަގަ ކުރެވިފައިވާ މަޖިލިސް މެމްބަރުންނާއި ކައުންސިލްގެ ނަން މިނިސްޓަރު މަހްލޫފް ވަނީ ފާހަގަ ކުރައްވާފައެވެ.

މިނިސްޓަރުގެ ޓްވީޓްގައި ތިނަދޫގެ އިޖްތިމާއީ މަރުކަޒުގެ ބައެއް ފޮޓޯތައް ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން ބިލިއާޑް އަދި ޓޭބަލް ޓެނިސް ފަދަ ކުޅިވަރުތައް ކުޅެވޭނެ އިންތިޒާމު އެ މަރުކަޒުގައި ހަމަޖެހިފައިވާ މަންޒަރު އެ ފޮޓޯތަކުން ފެނިގެންދެއެވެ. މީގެ އިތުރުން ޖިމްގެ ހިދުމަތް ވެސް އެތަނުން ލިބެން ހުރި ކަމަށް ފޮޓޯތަކުން ފެންނަން ހުއްޓެވެ.

މިއީ ތިނަދޫގެ ގިނަ ޒުވާނުންނަށް ހިތްހަމަޖެހުން ގެނުވައިދޭނެ މަރުކަޒަކަށް ވެގެންދާނެއެވެ.