Last Updated: June 5, 11:07
Friday, June 5, 2026
ޚަބަރު

ކަނޑުމަތިން އިންޖީނު ހުއްޓުނު ދޯންޏަކަށް ސިފައިން އެހީވެއްޖެ

އެމްއެންޑީއެފް ކޯސްޓްގާޑް: ފޮޓޯ/ އެމްއެންޑީއެފް

ކަނޑުމަތިން އިންޖީނު ހުއްޓުނު ދޯންޏަކަށް އެމްއެންޑީއެފްގެ ކޯސްޓު ގާޑުން އެހީތެރިވެއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ތިން މީހުންނާއެކު ށ. ފޯކައިދޫ އިން ށ. މާއުނގޫދޫ އަށް ދަތުރު ކުރަމުން ދިޔަ ސޮފްވާން ނަމަކަށް ކިޔާ 50 ފޫޓުގެ ޕްރައިވެޓު ފެރީއެއް ށ. އެކަސްދޫ ކައިރިން ތެޔޮ ހުސްވެގެން ދޯނި ހުއްޓި، އެ ދޯނީގެ ވެރި ފަރާތުން އެމްއެންޑީއެފް އަށް ގުޅާފައިވާ ކަމަށެވެ.

އެހާދިސާގެ ރިޕޯޓު ލިބިފައިވަނީ 18؛18 ގައި ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ. އަދި މިހާރު އެ ދޯންޏަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.