Last Updated: June 9, 09:12
Tuesday, June 9, 2026
ޚަބަރު

ހިތަދޫން ވައްކަން ކުރި މީހަކު ހައްޔަރު

ސ. ހިތަދޫ ގެއަކުން ވަގަށް ނަގާފައިވާ ރަން ފަށްތަކެއް ހޯދައި ތުހުމަތުގައި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މި މައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ 23 އަހަރުގެ ފިރިހެނެކެވެ. އޭނާއަކީ މާރާމާރީ އާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ކުށުގެ ރެކޯޑްސް އޮންނަ މީހެެއް ކަމަށް ފުުލުހުން ބުންޏެވެ.

އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ވަނީ ރޭ 09:20 ޖަހާ އެހާކަަށްހާ އިރު ހިތަދޫ ގެއަކުން ރަން ފަށްތަކެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުންނަށް ހުށަހެޅުނު މައްސަލަ އާ ގުޅިގެން ތުހުމަތު ކުރެވޭ މީހުންނާއި ތަކެތި ހޯދުމަށް ފުލުހުން ކުރަމުން ދިޔަ މަސައްކަތުން ރޭ 09:40 ހާއިރު ހިތަދޫ މަގުމަތިންނެވެ.

ވަގަށް ނަގާފައިވާ 27 ގްރާމްގެ ބަރުދަނުގެ ރަން ފަށްތަކުގެ ތެރެއިން ބައެއް ފަށްތައް އެކި މީހުންނަށް ވިއްކާލާފައި ވަނިކޮށް ފުލުހުން ވަނީ ހޯދާފަ އެވެ.

މި މައްސަލަ ހިތަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.