Last Updated: April 19, 20:49
Friday, April 19, 2024
ޚަބަރު

ކަންބޮޑު ނުވޭ، ޕާޓީ ބައިބައި ނުވާނެ: ނަޝީދު

އެމްޑީޕީގެ މެމްބަރުންގެ މެދުގައި ހިޔާލު ތަފާތުވި ނަމަވެސް ޕާޓީ ބައިބައި ނުވާނެކަމަށާއި، އެކަމާއި ކަންބޮޑުވެވަޑައި ނުގަތުމަށް އެމްޑީޕީގެ ރައީސް އަދި މަޖްލިސްގެ ރައީސް މުހައްމަދު ނަޝީދު އިލްތިމާސް ކުރައްވައިފިއެވެ.

އެމްޑީޕީ މެމްބަރުން ހިމެނިވަޑައިގަންނަވާ ގްރޫޕެއްގައި ދެއްވި ކުރު މެސެޖެއްގައި ރައިސް ނަޝީދު ވިދާޅުވީ އަބަދުވެސް ހިޔާލު ތަފާތު ވާނޭކަމަށެވެ. އަދި އެކަމާއި ކަންބޮޑުނުވުމަށް ނަޝީދު އެދިވަޑައިގެންނެވިއެވެ.

"ކަންބޮޑުނުވޭ، މިޕާޓީ ބައިބައި ނުވާނެ، އަަބަދުވެސް ހިޔާލުތަފާތު ވާނެ" ނަޝީދު ވިދާޅުވިއެވެ.

ނަޝީދު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ސޯލިހުގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއިލްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖްލިސްއަށް ހެޅުއްވުމަށް އެމަނިކުފާން އިސްވެ ހުންނަވައި ފެއްޓެވި މަސައްްކަތާއި، އަދި އެމަނިކުފާން ވަޒީރު ކަމުން ދުކުރުކުރުމާއި ގުޅޭގޮތުން ހިނގަމުންދާ ކަންކަމާއި ގުޅިގެން ޕާޓީގެ ތެރޭގައި ދެބަސްވުން އުފެދިފައިވަނިކޮށެވެ.

ރައީސް ސޯލިހު އާއި ރައިސް ނަޝީދުގެ ސަޕޯޓަރުންގެ މެދުގައި މި މައްސަލަ އާއި ގުޅިގެން އަންނަނީ ބަހުގެ ހަމަލާތައް ބަދަލު ކުރެވެމުންނެވެ. އެހެންވެ އެކަމާއި ގުޅިގެން ޕާޓީ އަށާއި، ސަރުކާރަށް ހީނަރުކަން އަންނަކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.