Last Updated: April 16, 09:06
Tuesday, April 16, 2024
ޚަބަރު

މައުމޫން ކޮވިޑުން ރަނގަޅުވެއްޖެ

އެމްއާރްއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮވިޑް-19 އިން ރަނގަޅުވެއްޖެއެވެ.

މައުމޫން ކޮވިޑަށް ޕޮޒިޓިވް ވެފައިވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައެވެ. އެއާއެކު ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން މައުމޫނަށް ވަނީ ފަރުވާދޭން ފަށާފައެވެ.

އުމުރުފުޅުން 82 އަހަރުގެ މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާތްﷲ ގެ ހެޔޮ ރަޙްމަތް ފުޅުން ކޮވިޑް ބަލިން ޝިފާ ލިބިގެން ހެޔޮޙާލުގައި ދަރުމަވަންތަ ހޮސްޕިލުން މިއަދު ގެއަށް ވަޑައިގެންފައިވާ ކަމަށެވެ.

"އެކިއެކި ބަލިބަލި ތަޙަންމުލު ކުރައްވާ ހުރިހާ ބޭފުޅުންނަށް އަވަސް ޝިފާއަކަށް އެދި ދުޢާކުރަން" މައުމޫން ވިދާޅުވިއެވެ.

ހަފްތާއަކަށްފަހު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިއްޔެ އަނެއްކާވެސް ވަނީ އިތުރުވެފައެވެ. އެގޮތުން އިއްޔެ މި ބައްޔަށް ވަނީ 121 މީހަކު ޕޮޒިޓިވް ވެފައެވެ.

މިއާއެކު މިހާތަނަށް ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 9173 އަށް އަރާފައެވެ. މީގެތެރެއިން 1809 މީހުންނަށް ފަރުވާ ދެމުން އަންނައިރު 113 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލުގައެވެ.

އަދި ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 7326 އަށް އަރާފައެވެ. މި ބަލީގައި ރާއްޖެއިން މިހާތަނަށް ވަނީ 32 މީހަކު ނިޔާވެފައެވެ.