Last Updated: June 6, 20:36
Saturday, June 6, 2026
ޚަބަރު

ކޮވިޑު-19: މިއަދު ރާއްޖެއިން ޕޮޒިޓިވްވީ 70 މީހުން!

ކޮވިޑު-19 އަށް މިއަދު 70 މީހުން ޕޮޒިޓިވްވެފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ބުނެފިއެވެ.

އެޗްޕީއޭއިން މިރޭ އާއްމުކުރި ކޮވިޑު-19ގެ އެންމެ ފަހުގެ ތަފާސް ހިސާބުން ދައްކާގޮތުގައި މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ރާއްޖެއިން ޕޮޒިޓިވްވެފައިވަނީ ޖުމްލަ 70 މީހެކެވެ. އެއީ 48 ދިވެހިންނާއި 22 ބިދޭސީއެކެވެ.

މިއަދު އިރުއޮއްސި 6 ޖެހުމާއި ހަމައަށް ރާއްޖެއިން މިހާތަނަށް ޖުމްލަ 9243 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. އަދި 33 މީހަކު ވަނީ މި ބަލީގައި މަރުވެފައެެވެ.