އައްޑޫގައި އިތުރު ދަރުބާރު ގެއެެއް އަޅާހާ ފައިސާ މާލޭގައި ތިބި އެމްޑީޕީގެ ދެތިން އެކްޓިވިސްޓެއްގެ ކުންފުނިތަކުން ނަގާފައިވާ ކަމަށާއި މިއީ އައްޑޫގައި އެޅި ކޮންވެންޝަން ސެންޓަރާ ގުޅިގެން އިތުރު އެތައް ތަނެއް އައްޑޫގައި ތަރައްޤީ ކުރަން ބޭނުން ކުރެވޭނެ ފައިސާ ކަމަށް ޤައުމީ އިއްތިޙާދު ޕާޓީން ބުނެފި އެވެ.
ޤައުމީ އިއްތިޙާދު ޕާޓީގެ ތަރުޖަމާން ޢައްބާސް އާދިލް ރިޒާ ވިދާޅުވީ އައްޑޫ ސިޓީގައި ދަރުބާރު ގެއެއް އެޅުނު ވާހަކަ އެމްޑީޕީން ބޮޑުކޮށްގެން ދައްކާ އިރު، އެ ސެންޓަރުގެ މަންފާ ދެމެހެއްޓެނިވި ގޮތެއްގައި ލިބޭނެ ގޮތް ހެދުމަށް އިތުރު އެތައް ކަމެއް ފުރިހަމަ ކުރަން ޖެހޭ ކަމަށެވެ.
އެހެން ނަމަވެސް އެކަން ކަމަށް ޚަރަދު ކުރަން ހުރި ފައިސާ އެމްޑީޕީގެ ދެތިން އެކްޓިވިސްޓަކު ނަގާފައިވާ ކަމަށް އައްބާސް ވިދާޅުވި އެވެ.
އެހެން ކަމުން ކޮންވެންޝަން ސެންޓަރު އެޅުމަށް ކަމަށް ބުނެ ޚަރަދު ކުރި ފައިސާގެ ޙަޤީޤީ ފައިދާ އައްޑު އަށް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އައްޑޫގައި 2011 ވަނަ އަހަރު ބޭއްްވި ސާކް ސަމިޓް އޮޑިޓް ރިޕޯޓުން ވަނީ ބޮޑެތި ހިޔާނާތުގެ މައްސަލަތަކެެއް ފެންމަތިވެފަ އެވެ.