Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

ސްވިޓްޒްލޭންޑުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަނީ

ސްވިޓްޒަލެންޑުން ރާއްޖެއަށް ސީދާ ދަތުރުތައް ފަށަން ތައްޔާރުވެއްޖެއެވެ.

އެ ދަތުރުތައް ފެށުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 26ވަނަ ދުވަހުއެވެ. މި ދަތުރުތައް ކުރާނީ ސްވިޓްޒަލެންޑުގެ ލެޝުއާ އެއާލައިނެއް ކަމަށްވާ އެޑެލްވެއިސްއިންނެވެ.

މި މަހުގެ 26ވަނަ ދުވަހުން ފަށާ މި ދަތުރުތަކުގެ ފުރަތަމަ ފްލައިޓު ރާއްޖެ އަށް އަންނާނީ އެގައުމުގެ ޒިއުރިކްއިންނެވެ. މި އެއާލައިން އިން ރާއްޖެއަށް ހަފްތާއަކު ދެ ފްލައިޓު އޮޕަރޭޓު ކުރާނެއެވެ.

އެ އެއާލައިން އިން ބުނާ ގޮތުގައި އަންނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ރާއްޖެ އައުމަށް އެ އެއާލައިންގެ ވެބްސައިޓުން ބުކިން ހެދޭނެއެވެ. ސްވިޓްޒަލެންޑަކީ ރާއްޖެއަށް ގިނަ އަދަދެއްގެ ފަތުރުވެރިން އަންނަ ގައުމެކެވެ.

އެގޮތުން މިދިޔަ އަހަރު އެގައުމުން 33 ހާހަށްވުރެ ގިނަ ފަަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.