ސ. ހިތަދޫގައި ގާއިމު ކުރެވިފައިވާ ނަރުދަމާ ނިޒާމްގެ ސީ އައުޓް ފޯލް މަސައްކަތުގެ ޑިޒައިން ކޮންޓްރެކްޓް އުސޫލުން ހަދައި ދޭނެ ފަރާތެއް ހޯދަން ފެނަކަ ކޯޕަރޭޝަނުން އިއުލާންކޮށްފި އެވެ.
އެ ކުންފުނިން ނެރެފައިވާ އިއުލާނެއްގައިވާ ގޮތުން މިކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ބިޑް ޑޮކިއުމަންޓް މިހާރު ވަނީ ވިއްކަން ފަށާފަ އެވެ. އަގަކީ ރިފަންޑް ނުުކުރެވޭ ގޮތަށް 100 ޑޮލަރު (1،545ރ.) އެވެ.
ބިޑް ޑޮކިއުމަންޓް ވިއްކަން ހަމަޖެހިފައި ވަނީ މި މަހުގެ 5 ވަނަ ދުވަހާ ހަމައަށެވެ.
ފެނަކަ އިން ބުނީ މިކަމާ ބެހޭ މައުލޫމާތު މި މަހުގެ 11 ވަނަ ދުވަހު އެ ކުންފުނީގެ ހެޑް އޮފީހުން ސާފު ކުރުމަށް ފަހު، 22 ވަނަ ދުވަހު ޕްރޮޕޯސަލް ހުށަހަޅަން ޖެހޭނެ ކަމަށެވެ.