Last Updated: April 24, 23:11
Thursday, April 25, 2024
ކުޅިވަރު

މީދޫ އާއި މަރަދޫފޭދޫ އަށް ވީ ބޯޅަތައް ނަގައިފިން: ރޮޒެއިނާ

އައްޑޫ ސިޓީ މީދޫ އާއި މަރަދޫ ފޭދޫ އަށް ވީ ފުޓްބޯޅަތައް ނަގާފައިވާ ކަމަށް، އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒެއިނާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީދޫ އާއި މަރަދޫފޭދޫ އަށް އެފްއޭއެމް އިން ހަދިޔާކުރި ބޯޅަތައް ނަގާފައިވާ ކަމަށާއި މި ބޯޅަތައް ދެ އަވަށުގެ އަވަށު އޮފީހަށް ފޮނުވާނެ ކަމަށެވެ.

އެފްއޭއެމް އިން ރާއްޖޭގެ ކޮންމެ ރަށަކަށް ބޯޅަ ހަދިޔާކުރަން ނިންމައި، އެ މަސައްކަތް ފަށާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައެވެ. އެގޮތުން ކޮންމެ ރަށަކަށް 10 ބޯޅަ ހަދިޔާކުރުމަށް އެފްއޭއެމް އިން ވަނީ ނިންމާފައެވެ.

މި ބޯޅަތަކަކީ މިއަހަރު ބޭއްވުމަށް ނިންމި މިނިވަން ޗެމްޕިއަންޝިޕްް ފުޓްބޯޅަ މުބާރާތަށް ގެނައި ބޯޅަތަކެއް ކަމަށްވާއިރު މިފަހަރު އެ މުބާރާތް ބޭއްވޭ ގޮތް ނުވުމުން އެފްއޭއެމް އާއި ޔޫތް މިނިސްޓްރީން ނިންމީ ކޮންމެ ރަށަކަށް ހަމަހަމަ އުސޫލަކުން ބޯޅަތައް ހަދިޔާކުރުމަށެވެ.

އެގޮތުން ބޯޅަ ހަދިޔާކުރުމަށް ނިންމާފައިވަނީ އެކި ދާއިރާތަކުގެ މަޖިލިސް މެންބަރު މެދުވެރިކޮށެވެ.