Last Updated: March 28, 21:55
Thursday, March 28, 2024
ކުޅިވަރު

ސޮންގެ ހަަތަރު ގޯލުން ޓޮޓެންހަމް އަށް ބޮޑު މޮޅެއް

ޓޮޓެންހަމްގެ ފޯވާޑް ފޯވާޑް ސޮން ހެއުން މިން ކާމިޔާބުކުރި ހަތަރު ގޯލުން 5-2 އިން ސައުތްހެމްޓަންގެ މައްޗަށް ޓޮޓެންހަމް އިން ކުރި ހޯދައިފިއެވެ.

ސައުތްހެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗަށް ޓޮޓެންހަމް ނިކުތްއިރު އެޓީމު ވަނީ ލީގުގެ ފުރަތަމަ މެޗުން އެވަޓަންއާ ބައްދަލުކޮށް 1-0 އިން ބަލިވެފައެވެ.

މިއަދުގެ މެޗުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށް ލީޑު ނެގީ ސައުތްހެމްޓަން އިންނެވެ. އެގޮތުން މެޗުގެ 32 ވަނަ މިނެޓްގައި މި ގޯލު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވާޑް ޑެނީ އިންގްސް އެވެ. ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ސޮން ވަނީ ޓޮޓެންހަމް އަށް ނަތީޖާ އެއްވަރުކޮށްދީފައެވެ.

އަދި ދެވަނަ ހާފް ފެށިގެން މާގިނަ އިރުތަކެއް ނުވަނީސް ސޮން ވަނީ ޓޮޓެންހަމްގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީ އެޓީމަށް ލީޑު ނަގާދީފައެވެ. މެޗުގެ 64 ވަނަ މިނެޓްގައި ޓޮޓެންހަމްގެ ތިންވަނަ ގޯލު ކާމިޔާބުކޮށްދީ ސޮން އޭނާ ހެޓްރިކް ފުރިހަމަ ކުރިއިރު މެޗުގެ 73 ވަނަ މިނެޓްގައި އެޓީމުގެ ހަތަރުވަނަ ގޯލުވެސް ކާމިޔާބުކޮށްދިނީ ސޮން އެވެ.

ޓޮޓެންހަމްގެ ފަސްވަނަ ގޯލު މެޗުގެ 82 ވަނަ މިނެޓްގައި ހެރީ ކޭން ކާމިޔާބުކޮށްދިންއިރު، ސައުތްހެމްޓަންގެ ދެވަނަ ގޯލު މެޗުގެ 90 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދިނީ އިންގްސް އެވެ.

މި މެޗުގައި ސޮން ހެދި ހެޓްރިކާއެކު އޭނާ ވެގެން ގޮސްފައިވަނީ ދެކުނު ކޮރެޔާގެ ކުޅުންތެރިއަކު ޕްރިމިއާ ލީގުގައި ހެދި ފުރަތަމަ ހެޓްރިކަށެވެ.

ލީގުގައި ޓޮޓެންހަމް ދެން ބައްދަލުކުރާނީ ނިއުކާސަލް ޔުނައިޓެޑާ އެވެ.