Last Updated: March 29, 11:09
Friday, March 29, 2024
ކުޅިވަރު

މޮރާޓާ އެނބުރި ޔުވެންޓަސް އަށް

އެތްލެޓިކޯ މެޑްރިޑަށް ކުޅެމުން އައި ސްޕެއިންގެ ފޯވާޑް އަލްވަރޯ މޮރާޓާ އެނބުރި ޔުވެންޓަސް އަށް ބަދަލުވުމާ ގާތަށް ގޮސްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

ޔުވެންޓަސްގެ ފޯވާޑަކަށް ކުޅެމުން އައި ގޮންޒާލޯ ހިގުއައިން ދޫކޮށްލުމަށްފަހު އާ ފޯވާޑެއް ގެނައުމުގެ މަސައްކަތް ޔުވެންޓަސް އިން ފަށާފައިވާތާ މިހާރު ވަނީ ދުވަސްތަކެއް ވެފައެވެ. އެގޮތުން ބާސެލޯނާ އަށް ކުޅެމުން އަންނަ ލުއިސް ސުއަރޭޒް އާއި ރޯމާގެ ފޯވާޑް އެޑެން ޒެކޯ އަށް ވެސް ޔުވެންޓަސް އިން މަސައްކަތްކޮށްފައިވެއެވެ.

ނަމަވެސް އެންމެފަހުން މިހާރު ޔުވެންޓަސް އިން ނިންމާފައިވަނީ ލޯނެއްގެ ދަށުން އެ ކްލަބަށް މީގެކުރިން ވެސް ކުޅުނު މޮރާޓާ ގެނައުމަށް ކަމަށް ރިޕޯޓުތައް ބުނެއެވެ. އަދި ލޯނުގެ މުއްދަތު ހަމަވުމުން 45 މިލިއަން ޔޫރޯ އަށް އޭނާ ގަތުމުގެ ފުރުސަތު ޔުވެންޓަސް އަށް އޮންނާނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

މި ޓްރާންސްފާ ފުރިހަމަ ކުރުމަށް އުމުރުން 27 އަހަރުގެ މޮރާޓާ ރޭގެ ވަގުތެއްގައި ވަނީ އިޓަލީ އަށް ގޮސްފައެވެ.

2014 އިން 2016 އާއި ހަމައަށް ޔުވެންޓަސް އަށް ކުޅުނު މޮރާޓާ ވަނީ އެ ކްލަބުގައި މީގެކުރިން ހޭދަކުރި މުއްދަތުގައި 93 މެޗު ކުޅެދީ 27 ގޯލު ކާމިޔާބުކޮށްފައެވެ.