Last Updated: June 5, 06:06
Friday, June 5, 2026
ޚަބަރު

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލް އަގުހެޔޮކޮށްފި

މިފްކޯއިން މަސްވެރިންނަށް ވިއްކާ ޑީސަލް އަގުހެޔޮކޮށްފިއެވެ.

މިފްކޯއިން ބުނީ މިއަދުން ފެށިގެން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން ޑީސަލް ތެޔޮ ވިއްކާ އަގުތަކަށް ބަދަލުގެނެސްފައިވާ ކަމަށެވެ.

މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން މަސް ދޯނި ފަހަރަށް 8 ރުފިޔާ 65 ލާރިއަށް ވިއްކަމުންދިޔަ ޑީސަލް ލީޓަރެއް މިއަދުން ފެށިގެން ވިއްކަމުންދާނީ 7 ރުފިޔާ 33 ލާރިއަށް ކަމަށް މިފްކޯއިން ބުނެއެވެ.

މީގެއިތުރުން މިފްކޯގެ މަސް ގަންނަ ސެންޓަރުތަކާއި އަދި ބޯޓު ފަހަރުތަކުން އާއްމު ފަރާތްތަކަށް ވިއްކާ ޑީސަލްގެ އަގަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެގޮތުން މިއަދުން ފެށިގެން އާއްމު ފަރާތްތަކަށް ޑީސަލް ވިއްކާނީ ލީޓަރެއް 13 ރުފިޔާއަށްކަމަށް މިފްކޯއިން ބުނެއެވެ.