Last Updated: July 22, 18:06
Thursday, July 23, 2026
ކުޅިވަރު

ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސްގެ މަސައްކަތް ނިމިއްޖެ

އައްޑޫ ސިޓީ ފޭދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ނިމިއްޖެއެވެ.

އެމްޓީސީސީން ބުނީ މި މަސައްކަތް ނިމިފައިވަނީ މި މަހުގެ 17 ވަނަ ދުވަހު ކަމަށެވެ.

ސަބް ބޭސް ހެދުމުގެ އިތުރުން މި ޕްރޮޖެކްޓުގެ ދަށުން ދަނޑު ކައިރީ ހޮޅި ވަޅުލައި، ކާބް ސްޓޯން އަޅައި، ޕޭވްމަންޓު ހެދުމުގެ މަސައްކަތްވެސް އެމްޓީސީސީން ވަނީ ކޮށްފައެވެ.

މި ޕްރޮޖެކްޓަކީ 2.65 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެއް ކަމަށް އެމްޓީސީސީން ބުނެއެވެ.

ފޭދޫގެ އިތުރުން އެމްޓީސީސީން ދާދިފަހުން ހުޅުދޫ ފުޓްބޯޅަ ދަނޑުގެ ސަބްބޭސް ތައްޔާރުކުރުމުގެ މަސައްކަތް ވެސް ނިންމާލާފައެވެ.