Last Updated: June 13, 02:24
Friday, June 12, 2026
މުނިފޫހިފިލުވުން

ވިކްރަމް ބަޓްގެ "ބާގް ޖޯނީ" އަށް ޒޯ ސޮއިކޮށްފި

ޒޯ މޮރާނީ އެންމެ ފަހުން ފެނިގެން ދިޔަ ފިލްމަކީ ޝާހްރުކް ޕްރޮޑިއުސް ކުރި "އޯލްވޭޒް ކަބީ ކަބީ" އެވެ.

އޭގެ ކުރިން އޭނާ ވަނީ ފަރަހް ހާން ޑައިރެކްޓް ކުރި "އޯމް ޝާންތީ އޯމް" އާއި ރާޖް ކުމާރު ސަންތޯޝީގެ "ހައްލާ ބޯލް" ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުން މަސައްކަތްކޮށްފަ އެވެ.

ޒޯ ދެން އެންމެ އަވަހަށް ފެންނާނީ މި އަހަރު ތެރޭގައި ރިލީޒް ކުރުމަށް ހަމަޖެހިފައިވާ "މަސްތާން" އިންނެވެ. އެ ފިލްމްގައި އޭނާގެ ކޯ ސްޓާރުންނަކީ ނަސީރުއްދީން ޝާހް އާއި އޭނާގެ ދަރިފުޅު ވިވާން ޝާހް އެވެ.

އެ ފިލްމްގެ މަަސައްކަތް ކުރަމުން އަންނަ އިރު ޒޯ ވަނީ މަޝްހޫރު ޑައިރެކްޓަރު ވިކްރަމް ބަޓްގެ "ބާގް ޖޯނީ" އަށް ސޮއިކޮށްފަ އެވެ. މި ފިލްމްގައި ޒޯގެ ކޯ ސްޓާރަކީ ކުނާލް ކޭމޫ އެވެ.

މި ފިލްމަކީ ބުޝަން ކުމާރާއި ވިކްރަމް ގުޅިގެން ޕްރޮޑިއުސް ކުރާ ފިލްމެކެވެ. ފިލްމްގެ ޝޫޓިން ވެސް ވަރަށް އަވަހަށް ފެށުމަށް ވަނީ ހަމަޖެހިފަ އެވެ.