Last Updated: June 9, 06:10
Tuesday, June 9, 2026
ސިޔާސީ

ޑރ. ހަސަން އައްޑޫގައި

ޑރ. ހަސަން އައްޑު އަށް ވަޑައިގެންނެވުމުގެ މަގުމަތޫގައި ފްލައިޓްގައި. ފޮޓޯ/ ކިއުންތެރިއެއް

ޖުމްހޫރީ ގުުޅުމުގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހީމްގެ ރަނިންމޭޓް ޑރ. ހަސަން ސައީދު އައްޑު އަށް ވަޑައިގެންފި އެވެ.

ކެމްޕޭން ކުރެއްވުމަށް ޑރ. ހަސަން އައްޑު އަށް ވަޑައިގެން ގުޅިފައިވާ އެކި ރަށްތަކަށް ޒިޔާރަތް ކުރައްވައި ދޮރުން ދޮރަށް ހިންގަވަމުން ގެންދަވާ ކަމަށް ޖުމްހޫރީ ގުޅުމުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ގާސިމްގެ ރަނިންމޭޓް ޑރ. ހަސަނަކީ އައްޑު އަށް ނިސްބަތްވާ ބޭފުޅެއް ނަަމަވެސް، އޭނާ އަށް ތާއީދު ކުރަނީ އައްޑޫގެ ވަރަށް މަދު ބަޔަކު ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ވަރަށް ބޮޑަށް ޑރ. ހަސަނަށް ފާޑު ކިޔަމުން ގެންދެ އެވެ. އަދި އައްޑޫން އިންތިހާބުގައި ގާސިމަށް މާ ބޮޑު ތާއީދެއް ވެސް ލިބިގެން ނުދާނެ ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.

ޖުމްހޫރީ ގުޅުމުން ދާދި ފަހުން އައްޑޫ ދަރުބާރު ގޭގައި ބޭއްވި ބޮޑު ޖަލްސާގައި ވެސް ޑރ. ހަސަން ވާހަކަ ނުދައްކަވާތީ ގިނަ ބަޔަކު އޭނާ އަށް ފާޑު ކިޔާފައިވެ އެވެ.