Last Updated: May 15, 20:12
Thursday, May 15, 2025
ޚަބަރު

މަރާމާތަށް އައްޑޫ ނޭޗާރ ޕާކު ބަންދު

އައްޑޫ ނޭޗާ ޕާކަށް ޒިޔާރަތްކުރި ފަތުރުވެރިއަކު ކެނޯ ދުއްވަނީ، ފޮޓޯ: އައްޑޫ ނޭޗަރ ޕާކު

މަރާމާތު ކުރުމަށް އައްޑޫ ނޭޗާ ޕާކު ބަންދުކޮށްފިއެވެ.

އައްޑޫ ނޭޗާ ޕާކު މަރާމާތަށް ބަންދުކޮށްފައި މިވަނީ އެތަނުގެ ބައެއް ތަންތަން ވަރަށް ބޮޑަށް ވީރާނާވެފައިވަނިކޮށެވެ.

ނޭޗާ ޕާކު މަރާމާތަށް ބަންދުކުރިކަން ހާމަކޮށް އެތަނުގެ ފޭސްބުކް ޕޭޖްގައި ބުނެފައިވަނީ މަރާމާތަށްފަހު ވަރަށް އަވަހަށް ހުޅުވާލާނެކަމަށެވެ.

ގުދުރަތީ ރީތި، ހިތްގައިމު އައްޑޫ ނޭޗާ ޕާކަކީ އައްޑޫ ރައްޔިތުންގެ އިތުރުން އައްޑޫއަށް ޒިޔާރަތް ކުރާ މީހުންގެ ވަރަށް މަގްބޫލް މަންޒިލެކެވެ. ކޮވިޑު -19 އާއި ގުޅިގެން ނޭޗާ ޕާކު ބަންދުކޮށްފައި ބޭއްވުމަށްފަހު ތަން ހުޅުވާފައިވަނީ ވަރަށް ފަހުންނެވެ.